ހަބަރު

ބައިބަލާ މުބާރާތް ރައީސް ޝަރަފުވެރި ކޮށްދެއްވައިފި

Jul 18, 2015

މި އަހަރުގެ ޢީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ބައިބަލާ މުބާރާތް މިރޭ ރައީސް އަބްދުﷲ ޔާމީން ޝަރަފުވެރިކޮށް ދެއްވާ މުބާރާތް ހުޅުއްވައިދެއްވައިފި އެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަޙައްދުގައެވެ.

މިރޭ ފެށި ފަށާ ބައިބަލާ މުބާރާތުގައި ރެކޯޑް އަދަދަކަށް ޓީމުތައް ބައިވެރިވެފައިވެއެވެ. އެގޮތުން ޗެމްޕިއަން ބީޖީއާއެކު މި ފަހަރުގެ މުބާރާތުގައި 53 ޓީމު ބައިވެރިވެފައިވެ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 12 ޓީމު ގިނަ އަދަދެކެވެ.