ހަބަރު

މަޖިލިސް ރައީސް އީދު ތަހުނިޔާ ފޮނުއްވައިފި

މި ފިތުރު އީދު ދުވަހަކީ އިންތިހާއަށް އުފާވެރިކަން ގެނެސްދޭނެ އީދަަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އީދު ދުވަހުގެ ތަހުނިތާ ފޮނުވަން އާންމު ކުރެއްވި ހިތޯބެއްގަ އެވެ. މަޖިލިިސް ރައީސް ވަނީ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ މުސްލިމުންނަށް އީދުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށް ރަށުގައި ޒަމާނުއްސުރެ ކުރިއަށް ގެންދާ އީދު ހަރަކާތްތައް މި އަހަރު އީދު ދުވަހު ވެސް ކުރިއަށް ގެންދާނެ ކަމަށް އެ މަނިކުފާނުޔ ޔަގީން ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ރަށް ރަށުގައި ޒަމާނުއްސުރެ ފަށައިގެން އީދު ދުވަހުގެ ކުޅިވަރުތަކާއި އީދު ދުވަހުގެ މަޖާ އަޅުގަނޑަށް ޔަގީން ކަށަވަރު މި އީދު ދުވަހު ވެސް ރާއްޖޭގެ އެންމެހާ ރައްޔިތުން އުފަލާ އެކީގައި ކުރަމުން ގެންދާނެ ކަންކަން." ނަޝީދު ވިދާޅުވިއެވެ.