މާލޭ ސިޓީ

އީދު ނަމާދުގެ ވަގުތު ގެއަކުން 60،000ރ. ވަގަށް ނަގައިފި

މިއަދު މާލޭގެ ގެއެއްގެ މީހުން އީދު ނަމާދަށް ދިޔަ ވަގުތު އެގެެއަށއް ވަގުން ވަދެ ވައްކަންކަން ކޮށްފި އެވެ.

ފުލުހުން ބުނީ އީދު ނަމާދު ވަގުތުގައި ބޮޑު ވައްކަމެއްކޮށްފައި ވަނީ މައްޗަންގޮޅީ ގެއަކުން ކަމަށާއި އޭގެގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަދެ 60،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ އާއި ފޯނެއް ވަގަށް ނަގާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ބަލަން ފަށާފައިވައިރު އީދުތެރޭގައި ވަގުންނަށް ފުރުސަތު ނުލިބޭނެ ގޮތަށް ކަންކަން ރާވާފައި ބޭއްވުމަށް ފުލުހުން އިއްޔެ އިލްތިމާސްކޮށްފައި ވެއެވެ.