ޑަބްލިޔޫ ކޮންސްޓްރަކްޝަނުން މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތީން ދަގަނޑު ހޮޅިއެއް ވެއްޓި ކާރަކަށް ގެއްލުން ވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ފަހުގެ އެ ހާދިސާގެ މައްސަލަ ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށެވެ.
މިއަދު މި ހާދިސާ ހިނގި އިރު ޑަބްލިޔު ކޮންސްޓްރަކްޝަން ސައިޓަކުން ބިދޭސީ ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ޖެހުމުގެ ސަބުން މަރުވި ހާދިސާއެއް މިދިއަ އަހަރު ހިނގި އެވެ. އެ ހާދިސާއާ ގުޅިގެން އެ ކުންފުނި 500،000 ރުފިޔާއިން ވަނީ ޖުރިމައިނާ ވެސް ކޮށްފައެވެ.
ޑަބްލިޔު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާ އެއް ވެއްޓުނީ ބަންގްލަދޭޝްގެ ކުއްޖެއްގެ ބޮލަށެވެ.