ހަބަރު

މަނާ ގަޑީ ދުއްވައިގެން 97 މީހަކަށް ފިޔަވަޅު އަޅައިފި

Jun 4, 2019
2

މާލޭގައި މިއަދު ހަވީރު ވެހިކަލް ދުއްވަން މަނާކޮށްފައި ވަނިކޮށް ދުއްވި 97 މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފި އެވެ.

ފިތުރު އީދާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 އަކުން 6:00 އަކަށް މާލޭގައި އެއްވެސް އުޅަނދެއް ނުދުއްވުމަށެވެ. ނަމަވެސް ފުލުހުން ބުނީ އެ ގަޑީގައި ދުއްވަނިކޮށް 461 ވެހިކަލެއް ހުއްޓުވައި ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 364 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށާއި 97 ފަރާތަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ނިންމާފައި ވަނީ އީދު ދުވަހު މަނާ ގަޑިތަކުގައި ވެހިކަލް ދުއްވާ ފަރާތްތަކަށް 750 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.