ހަބަރު

މާލޭގެ ސައިކަލް ޝޯރޫމެއްގައި ރޯވެ ގެއްލުން ލިބިއްޖެ

Jul 19, 2015

މާފަންނު ވެސްޓް ޕާކް ކައިރީ ހުންނަ ސައިކަލް ޝޯރޫމެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގައި ގެއްލުންތައް ވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

މ.ކިއުޕިޑްގައި ހުންނަ އެޗޝޯރޫމް ރޯވީ  މެންދަމު 1:10 އެހާ ކަނހާއިރުއެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގިތާ ގިނަ އިރު ނުވަނީސް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއޫ އިން ވަނީ އަލިފާން ނިއްވާލާފަ އެވެ.

އެނގިފައިވާ ގޮތުގައި ޝޯރޫމުގައި އަލިފާނުގެ ހާދިސާ ހިނގީ އެތާގެ ބެޓަރި ސައިކަލެ ޗާރްޖައް ޖަހާފައި ހުއްޓާ އޭގައި އަލިފާން ރޯވެގެނެވެ. 

ފުލުހުން ދަނީ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ބަލައި ތަހުގީގު ކުރަމުން ކަމަށެވެ.