LIVE UPDATES

މޯދީއަށް ނިޝާން އިއްޒުއްދީނުގެ ޝަރަފު

Updated:
18

މިއީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭރު ގައުމަކަށް ކުރައްވައި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ އެވެ. ރައީސް ސޯލިހުއާއެކު ރަސްމީ ބައްދަލު ކުރެއްވުން ބޭއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ވެސް ކުރައްވާނެ އެވެ، މޯދީއަށް ނިޝާން އިއްޒުއްދީންގެ ލަގަބު އެރުވުމަށް ވެސް ވަނީ ނިންމާފަ އެވެ.