ހަބަރު

މޯދީއަށް ނިޝާން އިއްޒުއްދީން އިއްޒަތް އަރުވައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުވައިފި އެވެ.

މޯދީއަށް އެ އިއްޒަތް އެރުވުމަށް ރައީސް ނިންމެވީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާޏްވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހި ކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހަންމިއްޔަތާއި ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކޮށެވެ.

ދިވެހި ދައުލަތުގެ ދެވަނަ އަށް އެންމެ މަތީ އިތްޒަތް މޯދީއަށް މިއަދު އެރުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގަތް ބޭރުގެ އިއްޒަތްތެރިން

15 މާޗު 1972 - ޑިއުކް އޮފް އެޑިންބަރާ / އާލް މައުންޓްބެޓަން
30 އޮކްޓޯބަރު 1984 - ދެކުނު ކޮރެޔާގެ ކުރީގެ ރައީސް ޗުންޑޫ ހުވާން
16 ނުވެމްބަރު 1986 - ކޮމަންވެލްތުގެ ކުރީގެ ސެކެޓަރީ ޖެނަރަލް ސާ ޝްރީދަތު ރާމްފާލް
2 ޑިސެމްބަރު 2009 - ސައުދީ އަރަބިއްޔާގެ ޕްރިންސް އަލް ވަލީދު ބިން ތަލާލް ބިން އަބދުލް އަޒީޒް އަލްސައޫދު
4 ޖޫން 2013 - ފަލަސްތީނުގެ ރައީސް ޑރ. މަހްމޫދު އައްބާސް