ބޭރު ކުޅިވަރު

ކޮރަޕްޝަންގެ ތުހުމަތުގައި ބޮލީވިޔާގެ ފެޑެރޭޝަންގެ ރައީސް ހައްޔަރުކޮށްފި

Jul 19, 2015

ބޮލީވިޔާގެ ފުޓްބޯޅަ ފެޑެރޭޝަން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތެއްގައި އެ ފެޑްރޭޝަންގެ ރައީސް ކާލޯސް ޗާވޭޒް ހައްޔަރު ކޮށްފިއެވެ.

މިމައްސަލަތައް ފެންމަތިވީ ފީފާއަށް ކުރޭވޭ ތުހުމަތުގައި ފީފާގެ އިސްވެރިންތަކެއް ތަހުގީގަށް ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީޑީއާ ރިޕޯޓުތަކާ ހަވާލާދީ ހަބަރު ލިބޭގޮތުގައި ފީފާގެ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ޗާވޭޒް މައްޗަށް ކުރެވެއެވެ. ބޮލީވިޔާގެ ފުޓްބޯޅަ ފެޑްރޭޝަން ކަރަޕްޝަން މައްސަލައިގެ އެ އިދާރާއިގައި ހަރާކަތްތެރިވާ އޮފިޝަލުންނާއި އަދި އެގައުމުގެ ހަރަކާތްތެރިވާ ފުޓްބޯޅައިގެ 20 އޮފިޝަލުންވަނީ ހައްޔަރުކޮށްފައެވެ.

ކާލޯސް ޗަވޭޒް އަކީ ދެކުނު އެމިރިކާގެ ފުޓްބޯޅައިގެ މައިދާރާގެ ހަޒާންދާރެވެ. މިމައްސަލައިގެ ތުހުމަތުގައި ބޮލީވިޔާގެ ފުޓްބޯޅަ އިދާރާގެ ޖެނެރަލް ސެކްޓަރީކަން ކުރަމުން އަންނަ އަލްބާޓޯ ލޮޒާޑާވެސް ވަނީ ހައްޔަރުކޮށްފަ އެވެ.