ބޭރު ކުޅިވަރު

ކަސިއަސްގެ ފުރަތަމަ މެޗުން ޕޯޓައަށް މޮޅެއް

Jul 19, 2015

ޕްރީ ސީޒަންގައި ސީޒަނަން ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ޕޯޓޯއިން ޖަރުމަނަށް ކުރާ ދަތުރުގައި އެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ. މިއީ މިދައަ ހަފުތާގައި އެ ޓީމާ ގުޅުނު ރެއާލްގެ ކުރީގެ ކީޕަރު އީކާ ކަސިއަސް ކުޅުނު ފުރަތަމަ މެޗެވެ.

ޕޯޓޯ މޮޅުވެފަވަނީ ޖަރުމަނުގެ އާދައިގެ ޓީމެއްކަމަށްވާ ޑުއިސްބާގް އަތުން 2-0 ލަނޑުންނެވެ. މިމެޗުގައި ޑުއިސްބާގް އިން ފޮނުވާލި ފުރަތަމަ ހަމަލާގެ ޕޯޓޯގެ ގޯލް ބަލަހައްޓަމުން ދިޔަ ކަސިއަސް ނުހިފެހެއްޓިގެން ވަނީ ގޯލް ތެރެއަށް ވަދެފައެވެ. މެޗުގެ ކަސިއަސް ފުރަތަމަ ބޯޅައިގައި އަތްޖައްސާލެވުނީ ގޯލްތެރައަށް ވަން ފަހުންނެވެ. އެކަމަކު މެޗުގެ ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ޕޯޓޯއިން ޖަރުމަނަށްކުރާ ދަތުރުގައި އެޓީމުން ޖަރުމަނުގެ ބުންޑަސްލީގާގެ ޓީމެއް ކަމަށްވާ ބޫރީޝިޔާމޮންގަލްބަޗް އާއި ޝާލްކޭއާ ދޮކޮޅަށް ކުޅޭނެ އެވެ.