ހަބަރު

ރިޔާސީ ދަރުބާރުގެ ފޭލިގެ ޒީނަތްތެރި ކުރަން ގިނަ އަދަދެއްގެ ކުދި ރުއް

Jul 19, 2015

މިނިވަން ފަންސާހުގެ ރަސްމީ ޖަލްސާއަށް އުސްފަސްގަނޑުގައި ތައްޔާރު ކުރާ ރިޔާސީ ދަރުބާރު ޒނަތްތެރި ކުރުމަށް ގިނަ އަދަދެއްގެ ކުދި ރުއް ޖަމާކޮށްފި އެވެ.

ރިޔާސ ދަރުބާރުގެ ފޭލިގެ ތައްޔާރު ކުރަނީ އެމްއާރްޑީސީންނެވެ.

އެމްއާރްޑީސީން ބުނީ ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭ ރިޔާސީ ދަރުބާރުގެ ފޭލިގޭގެ މަސައްކަތް ނިމޭނެ ކަމަށާއި ފޭލިގެ ޒީނަތްތެރި ކުރުމަށް 500 ކުދި ރުއް އިންދާނެ ކަމަށެވެ. ރަސްމީ ޖަލްސާއަކީ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ އެންމެ މުހިންމު އިވެންޓަށްވާއިރު އެ ރަސްމިއްޔާތު ކުލަގަދަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާޖެ އާއި ރާއްޖޭން ބޭރުން 1000 އަށްވުރެ ގިނަ މީހުނަށް ދައުވަތު އަރުވާފައިވާ ދަރުބާރުގައި ފެލިގެ އެޅުމުގެ އިތުރުން އުސްފަސްގަނޑުގެ މެދު ތެރޭގައި ހަދާ ކޯލްޑް ހައުސްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ކޯލްޑް ހައުސް އަކީ ކެންޓީނެއް ގޮތަށް ތަފާތު ވައްތަރުގެ ބުއިންތައް ލިބޭ ތަނެކެވެ.