ހަބަރު

ގައުމީ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

Jun 10, 2019

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލި އިރު މިއަހަރުން ފެށިގެން ގައުމީ އިނާމު ދޭން ހަމަޖައްސާފައި ވަނީ ގައުމީ ދުވަހުގެ ޖަލްސާގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ގައުމީ އިނާމު މި އަހަރު ދޭނީ މައިގަނޑު 33 ދާއިރާއަކުން ކަމަށާއި ދާއިރާތަކާއި އެ ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ހިޔާލު ހޯދައި ގެންނަންޖެހޭ ބަދަލުތައް އިނާމާބެހޭ ކޮމިޓީން ގެނެސްފައިވާ ކަމަށެވެ.

މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ގައުމީ އިނާމަށް ނަން ހުށަހެޅޭނެ އެވެ.

ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅެނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ ޖުލައި މަހުގެ 31 އެވެ.