ހަބަރު

ޓިކެޓް ނުނަގާ ހުޅުމާލެއަށް ދާން އުޅުނު މީހަކު ޓާމިނަލްގެ ބިއްލޫރިގަނޑެއް ތަޅާލައިފި

Jul 19, 2015

ޓިކެޓާ ނުލައި ހުޅުމާލެއަށް ދާން މަސައްކަތް ކޮށް އެމްޓީސީސީ މާލެ ފެރީ ޓާމިނަލް ގައި ހަމަނުޖެހުން ހިނގި މީހަކު އެތާގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ މެންދަމު 2:00 ގެ ފެރީއައް ޓިކެޓާ ނުލައި އަރަން ގޮސް ޓިކެޓު ކަނޑާ މީހާއާ ޒުވާބުކޮއް ހަމަނުޖެހުން ހިނގުމުން ގޭޓު ލައްޕަން އުޅުނު ވަގުތިު ގޭޓުގައި އަތުން ޖަހާ ގޭޓު ގެ ބިއްލޫރިތައް ތަޅާލުމުންނެވެ.

ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންދިޔައީ ގޭޓުގެ ބިއްލޫރިގަނޑު ތަޅާލާފައި ފިލަން އުޅުމުގެ ތެރޭގައި އެތާ ތިބި މީހުން އެމީހާ ހުއްޓުވައި ފުލުހުންނާ ހަވާލު ކުރުމުންނެވެ. 

ފުލުހުން ބުނީ ހައްޔަރުކޮއްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އަދި އެމީހާ ހައްޔަރު ކުރި އިރު އޭނަ އަތް ވެސް ޒަހަމް ވެފައިވާ ކަމަށެވެ.