ޖިންސީ ގޯނާ

ޖިންސީ ފުރައްސާރަކުރި މީހާ ހައްޔަރުކޮށްފި

Jun 10, 2019
5

މިދިއަ ހަފުތާގެ ތެރޭ މާލޭގެ މަގުމަތީން ޒުވާން އަންހެނަކާ ދިމާކޮށް ޖިންސީ ފުރައްސާރަކުރި ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

މިރޭ ފުލުހުންގެ އިދާރާއިން ބުނީ އެ މައްސަަލަ ފުލުހާ ހަމައަށް ދިއުމުން ހައްޔަރު ކޮށްފައި ވަނީ 56 އަހަރުގެ މީހެއް ކަމަށާއި އެ މީހާގެ މައްސަލަ ބަލައި ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އަދި ބުނީ އަންހެން މީހާއަށް އެ ފިރިހެން މީހާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި އިރު އެ މީހާއާ ގުޅުން ހުރި އެފަދަ އެހެން މައްސަލައެއް ފާހަގަ ވެފައިވާ ކަމަށާއި އެފަދަ ފަރާތެއް ވާނަމަ ފުލުހާ މައުލޫމާތު ހިއްސާ ކުރުމަށެވެ.

ޒުވާން އަންހެން މީހާއަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގެ ވާހަކަ އާއި ފޮޓޯ ހިމެނޭ ގޮތަށް ވިޑިއޯ އޭނާ ފުރަތަމަ ދޫކޮށްލީ ޓްވިޓާއަށެވެ. އޭނާއަށް ފުރައްސާރަކުރީ މާލޭގެ އޭޑީކޭ ކައިރިންނެވެ. އެ މީހާ ޖިންސީ ފުރައްސާރަ ކުރަމުން ސްކޫޕާ ހަމައަށް ދިޔަ ކަމަށް ވެއެވެ.

މަގުމަތީން ދިމާކޮށް ޖިންސީ ފުރައްްސާރަ ކުރުމާއި ފޮށި ހެދުމަކީ ފަހަކަށް އައިސް ރާއްޖެއިން ވަރަށް ނުފެންނަ ކަމެކެވެ.