ހަބަރު

އިމާރާތެއް ތަޅަނިކޮށް ޖެހިގެން ހުރިގެއަށް ބޮޑެތި ގެއްލުން

Jun 10, 2019
1

މާލޭގައި އިމާރާތެއް ތަޅަމުން ދަނިކޮށް ވެއްޓުނު ކޮންކްރީޓް ގަނޑަކުން ޖެހި، އެ އިމާރާތާ އިންވެގެން ހުރި ގޭގެ ހުރި ފާރުގެ ބޮޑު ބައެއް ފޫކޮށް ނިދާ ކޮޓަރީގެ ތެރެއަށް ކޮންކްރީޓްތައް ފައިބައިފި އެވެ.

މިއަދު ހަވީރު 5:40 އެހާކަންހާއިރު ހިނގި މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުން ބުނީ ހަވީރު މ. ގުލްބަހާރުގޭގެ އިމާރާތުގެ ބައެއް ތަޅަމުންދަނިކޮށް ވެއްޓުނު ކޮންކްރީޓް ގަނޑަކުން ޖެހި ގެއްލުންވީ އިންވެގެން ހުރި ސަމަންދަރުގެއަށް ކަމަށެވެ.

އެ ކޮންކްރީޓްގަނޑުން ޖެހުމުގެ ސަބަބުން ސަމަންދަރުގޭގެ ދެވަނަ ފްލޯގެ ފާރުން ބޮޑޫ ބާގަނޑެއް ފޫއްވެޓި ކޮންކްރީޓްތައް ފާބައިފައި ވަނީ އޭގޭގައި މީހުން ދިިރިއުޅޭ ކޮޓަރިއެއްގައި މީހަކު ނިދާ އެދުގެ މައްޗަށެވެ.