ބޭރު ކުޅިވަރު

އަހަރެން އެނބުރި އާއިރު މުޅި މައާހައުލް އޮތީ ފުށުންޖެހިފައި: ވެންޕާސީ

Jul 19, 2015

މިދިޔަ ސީޒަން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ވެންޕާސީ އަނިޔާއިން ސަލާމަތްވެގެން ކުޅުމަށް އެނބުރި އާއިރު މާހައުލު ވަރަށް ބޮޑަށް ބަދަލުވެފަކަމަށާއި އަނިޔާ އިން އެނބުރި އައިސް ކުޅުމުގެ ތެރެއަށް ވަންނަން ފުރަސަތު ދީފަނުވާ ކަމަށް ވެންޕާސީ ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ތުރުކީގެ ފެނަބާޗޭ ބަދަލުވުމައްފަހު ފުރަތަމަ ފަހަރަށް މިޑީއައް ދިން އިންޓަވިއުއްގައި ލުއިސްވެންހާލް ކަންތައް ކުރީ އެންމެ އިންސާފުވެރި ގޮތަކަށް ކަމަށް ގަބޫލް ނުކުރާކަމަށް އޭނާ ބުންޏެވެ. އަދި އެނާގެ އަސްލު ކުޅުމަށް އަންނަ ފުރުސަތު ވެންހާލް ދީފާ ނުވާކަމަށް ބުންޏެވެ.

"އަހަރެން ބުނިން ރިޒާވެއްގެ ގޮތުގައި ހުރެގެން މަސައްކަތް ކުރާނަމޭ. އެކަމަކު އަބަދުވެސް އަހަރެން އިންނަޖެހެނީ ބެންޗުގައި. އެހީސާބުން އެގުނު ވެންހާލް އާއި އަހަންނާ ދޭތެރޭގައި ރަގަޅު ނޫންކަން މުޅި މާހައުލް ބަދަލުވެއްޖެކަން. މިތަން ފެންނާނެ ކުލަބުގެ އެންމެންނަށްވެސް. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ޕްރޮފެޝަނަލް މީހެއް ގޮތަށް" 

ވެންޕާސީ އިތުރަށް ބުނެފަވަނީ މިދިޔަ ސީޒަންގެ އޭޕްރީލްގައި ޗެލްސީ އަތުން ބަލިވެ މެޗުގައި މެންޗެސްޓާ ބެންޗުގައި ބޭންދުމުން ކުލަބްގައި ކުރިމަގެއް އޭނާ ނެތްކަމަށް ހާމަވެގެން ދިޔަކަމަށެވެ. ވެންޕާސީ ބުނެފަވަނީ ހިނގާދިޔަކަންތަކާމެދު ރުޅި ނާންނަ ކަމަށާއި ދެރަވެ މަޔޫސްވެސް ނުވާކަމަށެވެ. ސަބަބަކީ ފުޓްބޯޅައަކީ މިކަހަލަ އެއްޗެކަމަށާއި ކުޅުންތެރިން އެވަގުތުގެ ހާލަތަށް ހޭ ނޭނެ ކަމަށެވެ.

އާސެނަލްއިން ވިދާލި ހުނަރުވެރި ފޯވާޑް އަށްއަހަރު ވަންދެން އާސެނަލް ކުޅުނު އިރު 132 ލަނޑު އާސެނަލް އަށް ޖަހާދީފަވެއެވެ. އާސެނަލްގެ ކޯޗު އާސެން ވެންގާއާ ގުޅުން މިހާރުވެސް ރަނގަޅުކަމަށް ވެންޕާސީ ބުންޏެވެ. އަދި ބޭނުންވަނީ ގިނަ ތަށިތަކެއް ފެނަބާޗޭއާ އެކީ ހޯދަން ކަމަށް ބުންޏެވެ.