ވިޔަފާރި

އުރީދޫ ޓީޓީއެމް ޓްރެވަލް ސަމިޓް ފަށައިފި

Jun 11, 2019

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެށުމުގެ ގޮތުން ބާއްވާ، އުރީދޫ ޓީޓީއެމް ޓްރެވަލް ސަމިޓް، ޓޫރިޒަމް ދާއިރާގެ 200 އަށްވުރެ ގިނަ މީހުންނާއެކު މިއަދު ފަށައިފި އެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި އުރީދޫ ޓީޓީއެމް ޓްރެވަލް ސަމިޓް ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދަރު އެވެ. މި ސަމިޓުގައި ރިސޯޓް އޯނަރުންނާއި ޖެނެރަލް މެނޭޖަރުން އަދި ޓްރެވަލް އެޖެންޓުން ހިމެނޭ ގޮތަށް 200 އަށްވުރެ ގިނަ ފަރާތް ބައިވެރިވި އެވެ.

މި އަހަރުގެ ޓީޓީއެމް ފެއާގެ ޓައިޓަލް ސްޕޮންސާ އަކަށް އުރީދޫ މޯލްޑިވްސް ވަނީ ހަމަޖައްސާފަ އެވެ. މި އަހަރުގެ ފެއާގެ ތީމަކީ "ޓްރެވަލް ޓެކްނޮލޮޖީ އަދި އެނެލެޓިކްސް" އެވެ.

ޓީޓއެމް ފެއާގައި މާދަމާ އޮންނާނީ ދަރުބާރުގައި ކުރިއަށްދާ މީޓިންތަކެވެ. ގެސްޓްހައުސްތަކާއި ރިސޯޓުތަކުގެ ސޭލްސް އެންޑް މާކެޓިން ޓީމުތަކުން މި ބޮޑު ބައްދަލުވުމުގައި ބައިވެރިވާނެ އެވެ. މި މީޓިންތަކުަގައި ބައިވެރިވާން ބޭރުގެ ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ އިތުރުން ޓީޓީއެމް ނިންމުމުގެ ގޮތުން ހާއްސަ ގާލާ ނައިޓެއް ވެސް އޮންނާނެ އެވެ.