ބޭރު ކުޅިވަރު

ޓެވޭޒްގެ އެނބުރި ދިއުމުން ބޮކާގެ ސަޕޯޓަރުންނަށް ބޮޑު އުފަލެއް

Jul 19, 2015

އާޖެންޓީނާގެ މަޝްހޫރު ކުޅުންތެރިޔާ ކާލޮސް ޓެވެޒް، 11 އަހަރަށް ފަހު ބޮކާޖުނިއާސް އަށް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، އެކުލަބް އާޖެންޓީނާ ލީގުގައި އެއް ޕޮއިންޓްގެ ލީޑެއްހޯދައިފި އެވެ.

އާޖެންޓީނާގެ ބިއުނަސް އައިރީސްގައި ބޮންބޮނެރާ ސްޓޭޑިއަމް ކުޅުނު މެޗުން ބޮކަ ޖޫނިއާސް މޮޅިވީ ކުއިލްމީސްއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑް ހޯދީ ބޮކާއި އިންނެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ޖޮނަތަން ކަލިރީ އާއި ރަބޯނާ ލޮބް އެެވެ.

ޓެވެޒް ކުރީގެ ކުލަބަށް އެނބުރިއައިސް ކުޅުނު ފުރަތަމަ މެޗުގައި ތަރިއަކަށް ކިޔާފަދަ ހޫނު މަރުހަބާ އެއް ވަަނީ ކިޔާފައެވެ. ދަަނޑައައް ވަދެ ތިބި ސަޕޯޓަރުންވަނީ ސާޅީ ހާސް ސަޕޯޓަރުން ޓެވެޒް އަށް ޝުކުރުގެ މެސްޖަތައް "ވަަރަށް ބޮޑަށް ޝުކުރިއްޔާ އެނބުރި އައީތީވެ" އަދި "ގިނަ ފައިސާ އަށް ފުރަގަސްދީ ކުލަބްދެކެ ލޯބި ވާކަން ހާމަވެއްޖެ" ފަދައިން ބެނާތައް އުފުލާފަ އެވެ.

ބޮކާޖޫނިއާސްގައި ޓެވޭޒް ބޭނުންކުރާ ޖާޒީނަންބަރަކީ އޭޓިމުގެ ކުރީގެ މައްޝޫރު ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ ބޭނުންކުރި ނަންބަރު 10 ކެވެ. މެޗު ބެލުމައްޓަކައި މަރަޑޯނާ ވެސް ވަނީ ދަނޑައަށް ވަދެ ޓެވޭޒް އަށް ތަރުހީބު ދީފައެވެ.

ބޮކާޖޫނިއާސް ވަނީ މިހާތަނަށް އާޖެންޓީނާގެ ޕްރިމިއަރ ޑިވިޝަންގައި ކުޅުނު 17 މެޗުން 37 ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއްވަނާގައެވެ. ތާވަލްގެ ދެވަނާގައި ސަންލޮރެންޒޯ އޮތްއިރު ތާވަލް ތިން ވަނާގައި އޮތީ މަޝްހޫރު ރިވަޕްލޭޓްއެވެ.