ހަބަރު

ސިފައިންގެ އާއި ސިފައިންގެ ވެރިންނާބެހޭ ގޮތުން ފަތުރަމުންދަނީ ދޮގުވާހަކަތަކެއް: އެމްއެންޑީއެފް

Jul 20, 2015

ސިފައިންގެ މުއައްސަސާ އާއި އެ މުއައްސަސާގެ ވެރިންނާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. 

މިރޭ ބަޔާނެއް މެދުވެރިކޮށް ބުނީ ފަހަކަށްއައިސް ސިފައިންގެ މުއައްސަސާއާއި އެ މުއައްސަސާގެ ވެރިންނާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ ޑިފެންސް މިނިސްޓްރީއިން ދެކޭގޮތުގައި އެއްވެސް އަސާސެއްނެތި ސިފައިންގެ މުއައްސަސާއާއި އެމުއައްސަސާގެ ވެރިން ބަދުނާމުކުރުމުގެ މަޤްސަދުގައި ކުރަމުންދާ ދަށުދަރަޖައިގެ މަސައްކަތެއްކަން ހިތާމައާއިއެކު ފާހަގަކުރާ ކަމަށެވެ. 

"މިކަމަކީ ޤައުމީ ޚިދުމަތުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް އަޒުމު ކަނޑައަޅައިގެން ރައްޔިތުންނާއި ޤައުމަށް ޚިދުމަތްކުރުމުގައި ސާބިތުކަމާއިއެކު މަސައްކަތް ކުރަމުންގެންދާ މުއައްްސަސާއާއިމެދު ނުތަނަވަސްކަމާއި ނަފުރަތު އުފައްދަން ކުރަމުންދާ މަސައްކަތެއް ކަމަށް ޤަބޫލުކުރާތީ، އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ޑިފެންސް މިނިސްޓްރީއިން އިލްތިމާސްކުރައްވައެވެ." ބަޔާނުގައި ވެއެވެ.