ބޮލީވުޑް

އީޝާ ޑިއޯލްއަށް އަންހެން ކުއްޖެއް ލިބިއްޖެ

ބޮލީވުޑް ތަރި އީޝާ ޑިއޯލް އާއި އޭނާގެ ފިރިމީހާ ބާރަތު ތަޚްތާނީ އަށް ދެވަނަ ކުއްޖަކު ލިބިއްޖެ އެވެ.

އީޝާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ދެވަނަ ކުއްޖަކު ލިބުނު ކަމުގެ ހަބަރު ފޭނުންނަށް ދީފައިވަނީ އެއް ދުވަސް ފަަހުންނެވެ. އިންސްޓަގްރާމްގައި ކުރި އެ ޕޯސްޓުގައި އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެއް ކަމާއި އެ ކުއްޖާއަށް ކީ ނަމަކީ މިރާޔާ ތަޚްތާނީ ކަމަށާއި، "ވެލްކަމް ޓު އަވާ ޓްރައިބްް" ލިޔެފައި ވެ އެވެ.

ބޮލީވުޑްްގެ އިހުގެ މަޝްހޫރު ތަރިން ކަމަށްވާ، ދަރްމެންދުރާ އާއި ހިމާމާލިނީގެ އަންހެން ދަރިފުޅު އީޝާ ވިޔަފާރިވެރިޔާ ބާރަތު ތަޚްތާނީ އާ ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ. އަަދި މި ދެމަފިރިންނަށް 2017 ގައި އަންހެން ކުއްޖެއް ލިބުނެވެ.

އިންޑިއާ ސިނަމާގެ މަޝްހޫރު ޑިއޯލް އާއިލާ އަށް އުފަން އީޝާ ވަނީ މީގެ އަހަރުތަކެއް ކުރިން ފިލްމުތަކާ މުޅިން ދުރަށް ޖެހިލާފަ އެވެ. އެނާ އެންމެ ފަހުން ފިލްމަކުން ބެލުންތެރިންނަށް ފެނިފައިވަނީ 2004 ގައި ނެރުނު "ދޫމް" ފިލްމުންް ބޮޑު ކާސްޓަކާ އެކު އެވެ. ކާމިޔާބު ބްލޮކްބަސްޓާ މާ ގިނަ ފިލްމަކުން އީޝާ ނުފެނުނަސް އޭނާ އަކީ ބޮލީވުޑްގައި ގިނަ ފިލްމުތައް ކުޅެފަައިވާ މަޝްހޫރު ތަރި އެކެވެ.