ހަބަރު

މިނިވަން 50ގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

Jul 20, 2015

މިނިވަންކަމުގެ ރަންޔޫބީލަށްޓަކައި ރާވަމުންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިއްޔެ ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދަރުބާރުގެއާއި، އުސްފަސްގަނޑާއި، ޖުމްހޫރީ މައިދާނާއި، ރަސްމީ ފާލަމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، އެމަނިކުފާނުގެ ޚިޔާލުފުޅު މި ހަރަކާތްތަކުގެ އިސްބޭފުޅުންނާ ހިއްސާ ކުރެއްވި ކަމަށެވެ.