ހަބަރު

ކޮމަންވެލްތުން ވަކިވުމުގެ މައްސަލަ ހުށަހަޅައި ބަހުސް ފަށައިފި

Jul 20, 2015

ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

މަޖިލީހުގެ ޖަލްސާއަށް މިއަދު ރައީސް ޔާމީން ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވި އިރު ބުނެފައި ކޮމަންވެލްތުގައި ރާއްޖެ އޮތުމާ މެދެ އަލުން ދިރާސާކޮށް ކެބިނެޓްގެ ބައްދަލުވުމުގައި ވަރަށް ފުޅާކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެހެންވެ މަޖިލީހުން އެކަމުގެ ލަފައަަށް އެދިވަޑައިގެންނެވީ ކަމަށެވެ. 

މި މައްސަލައިގައި މަޖިލީހުގެ ލަފަޔަކަށް ރައީސް އެދި ވަޑައިގަތުމުން އެ މައްސަލައިގެ ބަހުސް ފަށާފައިވާއިރު ބަހުސަށް ދީފައި ވަނީ ތިން ގަޑި އިރެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެހެން ކަންކަން ވެސް ހުރުމުން މި މައްސަލާގައި ބަހުސް އެއްކޮށް ނިންމާ ނުލެވޭނެ ކަމަށެވެ.