ހަބަރު

އައިޖީއެމްއެޗްގައި އަލިފާންގެ ހާދިސާއެެއް ހިނގައިފި

އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގީ ހޮސްޕިޓަލުގެ ބާ އިމާރާތުގައި ހުރި ބެޓެރިއެއްގައި ރޯވުމުންނެވެ.

އަލިފާނުގެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 10:00 ހާއިރު އެވެ. އަދި ހެނދުނު 10:30 ހާއިރު އެމްއެންޑީއެފުން ވަނީ އަލިފާން ކޮންޓްރޯލް ކޮށްފަ އެވެ.

މި ހާދިސާގައި އިމާރާތަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މިހާރު ކުރަމުން ދަނީ އިމާރާތުން ދުން ބޭރު ކުރުމުގެ މަސައްކަތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.