ހަބަރު

ނިލަންދޫ ފުޓްބޯޅަ ޓީމް ދަތުރު ކުރި ލޯންޗު ބިލެއްދޫ ނެރު ފައިކަށީގައި ޖެހި ބައެއް މީހުންނަށް އަނިޔާވެއްޖެ

Jul 20, 2015

ފ. ބިލަތްދޫ ފުރައިގެން އެ އަތޮޅު ނިލަންދޫއަށް ދާން އުޅުނު ލޯންޗެއް ބިލެއްދޫ ނެރުގެ ފައިކަށީގައި ޖެހި އެކްސިޑެންޓްވެ އަޑިއައް ދަނިކޮށް ރައްޔިތުންނާއި ފުލުހުންގެ އެހީގައި މީހުނާއި ލޯންޗް ސަލާމަތްކޮށްފި އެވެ. މި ހާދިސާގައި ބައެއް މީހުންނަސް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ ބިލެއްދޫގައި އޮތް ފުޓްބޯޅަ މެޗެއް ނިންމާލުމަށްފަހު ނިލަންދޫ ފުޓުބޯޅަ ޓީމާއެކު ރޭ 11:50 އެހާ ކަންހާއިރު ދަތުރުކުރަނިކޮށް ބިލެއްތް ނެރުގެ ފައިކަށީގައި ޖެހި އެކްސިޑެންޓްވި ވަގުތު ލޯންޗުގައި ތބި 22 މީހުންގެ ތެރެއިން ހަތަރު މީހަކަށް އަނިޔާވި ކަމަށާއި އެމީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް އިތުރު ފަރުވާ ދޭންޖެހޭތީ އަތޮޅު ހޮސްޕިޓަލަށް ވެސް ގެންދަން ޖެހުނު ކަމަށާއި މިހާރު އެންމެ ދޫކޮށްލާފައިވާ ކަމަށެވެ.