ނ. މަނަދޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލައިގެ ހާއްސަ ތަހުގީގެއް ފަށާއިފި އެވެ.
މި މައްސަލަ ފެންމަތިވެ ބަލަން ފަށީ އާންމު ފަރާތަކުން އެކަން ފުލުހަށް ރިޕޯޓް ކުރުމުންނެވެ. ޖިންސީ ގޯނާ ކޮށްފައި ވަނީ 15 އަހަރުގެ އަންހެން ކުއްޖަށެވެ.
ފުލުހުން ބުނީ ރޭގެ 11:00 ޖަހާ އެހާކަންހާއިރު ހުށަހަޅާފައިވާ އެ މައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަން ފަށާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ތުހުމަތުވާ މީހަކު އަދި ހައްޔަރު ކޮށްފައި ނުވާނެ ކަމަށެވެ.