ހަބަރު

ހައިވޭގައި އެކްސިޑެންޓެއްވެ ގެއްލުންތަކެއް ވެއްޖެ

Jun 16, 2019
2

ރޭ ދަންވަރު ހުޅުމާލެއިން މާލެ ދަތުރުކުރި ޕިކަޕެއްގެ ހައިވޭގެ މަތީގައި ކޮންޓްރޯލް ގެއްލި އެހެން ވެހިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. ރޭގެ އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި ހައިވޭގައި ދަތުރު ކުރި ޕިކަޕް ދުއްވަނިކޮށް ކުރީ ދެ ފުރޮޅު ފަޅައިގެން ދިއުމާއެކު ކޮންޓްރޯލް ނުވެގެން ގޮސް ހައިވޭގެ މެދުގައިވާ ފެންސް ވެސް ފަޅާލުމަށްފަހު ގޮސް މަތަވީ ދަތުރުކުރި އެހެން ބަހެއްގައި ޖެހުމަށް ފަހު ކަމަށެވެ.

މި އެކްސިޑެންޓްގައި ލިބުނު ގެއްލުންތަކުގެ ތަފުސީލް އަދި ފުލުހުން ދީފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ގެންދަނީ އެ ހާދިސާ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.