ހަބަރު

ޑރ. ފަރުޒާނާ އަވަހާރަވެއްޖެ

ރާއްޖޭގެ ސިއްހީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި އަދި ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދެވި ޕާކިސްތާނުގެ ޑރ. ފަރުޒާނާ ހަތޫން ރޭ އަވަހާރަވެއްޖެ އެވެ.

ރާއްޖޭގެ ތެލެސީމިޔާ ސޮސައިޓީ އަށާއި ތެލެސީމިއާ ކުދިންނަށް 20 އަހަރު ވަންދެން ގިނަ ހިދުމަތަކެއް ކޮށް ދެއްވި ފަރުޒާނާ އަވަހާރަވީ އިނގިރޭސިވިލާތުގަ އެވެ. އަވަހާރަވި އިރު އެކަމަނާ ދިރިއުޅުއްވަނީ ވެސް އިނގިރޭސިވިލާތުގަ އެވެ.

ރާއްޖޭގައި އާއިލާތައް ތެލެސީމިއާއަށް ހޭލުންތެރި ކުރުވުމަށާއި އެފަދަ ކުދިންނަށް ރަނގަޅު ފަރުވާ ދިނުމަށް ޑރ. ފަރުޒާނާ ވަނީ މުހިއްމު ރޯލެއް އަދާ ކުރައްވާފަ އެވެ. އެކަމަނާ 2002 ވަނަ އަހަރު ހިދުމަތު ރިޓަޔާ ކުރެއްވީ ދިވެހި ދައުލަތުގެ ޕެންޝަނަރެއްގެ ގޮތުގަ އެވެ.

ޑރ. ފަރުޒާނާ އަކީ ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުންނެވެ. ފަރުޒާނާއަށްވުރެ ކުރިން ވަހީދު ވަނީ އަވަހާރަވެފަ އެވެ.