ހަބަރު

ނައިބު ރައީސް ކަމަށް ހުށަހަޅާ ނަމަށް 1 ގަޑިއިރު ބަހުސް ކުރަން ފާސްކޮށްފި

Jul 20, 2015

ރައީސުލްމްހޫރިއްޔާގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންފުޅަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާނީ އެއް ގަޑިއިރަށް ކަމަށް މަޖިލީހުގެ ގަވާއިދުގައި ހިމަނަން ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.

މި އިސްލާހު މިއަދު މަޖިލީހުން ފާސްކުރީ 51 މެމްބަރުންގެ ވޯޓުންނެވެ.

މި އިސްލާހު ފާސް ކުރި ިރު އާންމު ކޮމިޓީން ވަނީ މަޖިލީހުގެ ގަވާއިދަށް އިތުރު އިސްލާހެއް ގެނެސްފަ އެވެ. އެއީ ނައިބު ރައީސަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާ މައްސަލަ އަވަސް ކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހެކެވެ.

މި އިސްލާހުތައް ގެނައިރު ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ އިތުބާރުގެ ނެތްކަމަށް ފާސް ކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާ މާދަމާ އަށް ވަނީ އެޖެންޑާކޮށްފައެވެ.