ހަބަރު

އައިއޭއެސްއަށް އިތުރު މަތިންދާބޯޓެއް އޮކްޓޫބަރުގައި ގެންނަނީ

Jul 20, 2015

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް އިތުރު މަތިންދާ ބޯޓެއް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާ މަތިންދާ ބޯޓް ގެނައުމުން އައިއޭއެސްގައި 16 މަތިންދާ ބޯޓު ހަމަވާނެ އެވެ

އައިއޭއެސް އިން އަލަށް ގެންނަނީ ޑޭޝް 8 މަރުކާގެ 50 ސީޓުގެ ބޯޓެކެވެ. އެކުންފުނިން ބުނީ އިތުރު ބޯޓެއް ގެންނަނީ އެއާޕޯޓުތައް އިތުރުވެ ކުރާ ދަތުރުތައް އިތުރުވަމުން އަންނާތީ ކަމަށެވެ.