ހަބަރު

ކޮމަންވެލްތު ޔޫތް ވޯކާސް އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

Jul 20, 2015

ކޮމަން ވެލްތުން ބާއްވާ ޔޫތް ވޯކާސް އެވޯޑަށް ކުރިމަތިލުމަށް ޔޫތު މިނިސްޓްރީއިން ހުޅުވާލައިފި އެވެ.

ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް މި އެވޯޑްގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ޔޫތް ވޯކާސް އެވޯޑް އަކީ 2013 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތު އިން 53 ގައުމުގެ ތެރޭގައި ބާއްވާ އެވޯޑް އެކެވެ. މި އެވޯޑްގެ މަގްސަދަކީ  ޒުވާނުންގެ ތަރައްގީއާ ކުރިއެރުމަށް އެކި ގޮތް ގޮތައް މަސައްކަތް ކުރަމުން އަންނަ ފަރާއްތަށް އެ މަސައްކަތަށް ތަރުހީބުދީ ހިއްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑް އެކެވެ.

ޔޫތު މިނިސްޓްރީއިން މިފުރުސަތު މިއަދު ހުޅުވާލައިފާވާއިރު މިއަދު ވަނީ ކޮމަން ވެލްތުން ރާއްޖެ ވަކިވުމުގެ މައްސަލާގައި މަޖިލީހުގެ ލަފާފުޅަކަށް އެދި ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައެވެ.