ހަބަރު

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ގައްދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި

Jul 20, 2015

ގދ. ގައްދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނި މައްސަލައެއްގައި ގައްދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ހުށަހެޅީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭގައި ކަމަށާއި ޖެންޑާ އާއި ގުޅިގެން މައްސަލަ ބަލަމުން އަން އިރު މައްސަލައިގައި ތުހުމަތުވި ކައުންސިލްގެ ރައީސް މުހައްމަދު ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން މިއަދު ކަމަށެވެ.

މުހައްމަދު އަހުމަދަކީ ކައުންސިލުގައި ހިމެނޭ ޕީޕީއެމްގެ މެމްބަރެކެވެ. އޭނާ ހޮވުނީ އެމްޑީޕީގެ ޓިކެޓްގަ އެވެ.