ހަބަރު

މަނަދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

Jul 20, 2015

ނ. މަނަދޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލައިގެ ހާއްސަ ތަހުގީގެއް ފަށުމާއެކ  މިރޭ މީހަކު ހައްޔަރުކޮށްފި އެެވެ.

ތުހުމަތު ކުރެވުނު މި މައްސަލައިގައި މިރޭ 7:30 އެހާކަންހާއިރު ހައްޔަރު ކުރީ 42 އަހަރުގެ މީހެކެވެ. 

މި މައްސަލަ ފެންމަތިވެ ބަލަން ފަށީ އާންމު ފަރާތަކުން އެކަން ފުލުހަށް ރިޕޯޓް ކުރުމުންނެވެ. އެ މީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ 15 އަހަރުގެ އަންހެން ކުއްޖަށެވެ.