ހަބަރު

ނައިބު ރައީސް ޖަމީލް ބޭރު ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

Jul 20, 2015

މާދަމާއަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދުކޮށް މަގާމުން ވަކި ކުރުމަށް އެމްޑީޕީް ތްރީލައިން ވިޕެއް ނެރެފި އެވެ. 

އެމްޑީޕީން ބުނީ ޕާޓީގެ ޕީޖީ ގްރޫޕުން އެ ގޮތަް ނިންމީ މިރޭ ކަމަށާއި ގްރޫޕްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ނައިބު ރައީސް ކަމުން ޖަމީލް ވަކިކުރުމާއި ވޯޓު ދިނުމަށް ކަމަށާއި ޖަމީލް ބޭރުކުރަން އެ ޕާޓީން ތްރީލައިން ވިޕް ނެރުނީ ޖަމީލަކީ އެ ޕާޓީގެ މެންބަރަކަށް ނުވެފައި އެމްޑީޕީން ޖަމީލަށް ތާއީދުކުރަން ޖެހޭ ސަބަބެއް ސިޔާސީ ގޮތުން ވެސް ފެންނަން ނެތުމުން ކަމަށެވެ.

މަޖިލީހުގައި މާދަމާ ޖަމީލްގެ މައްސަލަ ކުރިޔަށްދާއިރު އެ މައްސަލައިގައި ޖަމީލްގެ ފަރާތުން މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވާނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ކަމަށް ހަމަޖައްސާފައި އޮތް ނަމަވެސް މަޖިލީހުން ނިންމާފައިވަނީ އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނީ ޖަމީލު މަޖިލީހަށް ވަޑައގެން ކަމަށެވެ. 

މި ގޮތަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސް ކުރި އިރު ޕީޕީއެމް/އެމްޑީއޭ އިން މި މައްސަލަ ވައްދާފައި ވަނީ 61 މެންބަރުންގެ ސޮޔާއެކު އެވެ. ނައިބު ރައީސް ޖަމީލް ބޭރު ކުރުމަށް ބޭނުން ވަނީ 57 ވޯޓެވެ.