ހަބަރު

ޕީއެސްއެމް ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

Jun 21, 2019

ޕަކްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ނަމުގައި ބަޔަކު އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންފުންޏާއި އިތުރު ޖަމިއްޔާތަކެއް ގުޅިގެން ހިންގާ މަޝްރޫއެއްގެ ނަމުގައި އެކި މީހުންނަށް ގުޅައި ފައިސާ ހޯދާކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ގުޅާ ޕީއެސްއެމް އާއި އެފަރާތަކާއި ގުޅިގެން ހިންގާ ހަރަކާތެއްގެ ތެރެއިން އިނާމެއް ހަމަޖެހިފައި އޮތް ކަމަށާއި އެ އިނާމު ޔަގީން ކުރުމަށްޓަކައި ވަކި އެކައުންޓަކަށް ފައިސާ ޖަމާކުރަން ބުނެ އޮޅުވާލައިގެން އާންމުންގެ އަތުން ފައިސާ އަތުލަން މަސައްކަތް ކުރާކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޕީއެސްއެމުން ބުނީ އެކަމަކީ ޕީއެސްއެމްގެ އަގު ވައްޓާލައި ބަދުނާމު ކުރަން ކުރާކަމެއް ކަމަށާއި ޕީއެސްއެމްއިން މަޝްރޫއުތަކަށް ފައިސާ ހޯދަން ނުގުޅާނެ ކަމަށެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ރީޗާޖް ނުވަތަ ރީލޯޑް ކޮށްގެންވެސް މީހުން އަތުން ފައިސާ ހޯދަމުންދެ އެވެ. އަދި ބޭންކްގެ ނަމުގައި ކޭޝްކާޑްގެ މައުލޫމާތު ހިއްސާކުރަން ގުޅައި ފައިސާ ހޯދަމުންދެ އެވެ.