ހަބަރު

ގެސްޓްހައުސްއަކުން ބަނގުރާފުޅި އާއި ދަޅުތަކެއް އަތުލައިގެންފި

އއ. ތޮއްޑޫ ގެސްޓްހައުސްއެއްގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން ރޭ އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ތޮއްޑޫ ގެސްޓްހައުސްއެއްގައި ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބިގެން ރޭގެ ވަގުތެއްގައި އެ ގެސްޓްހައުސް ބަލާ ފާސްކޮށްފައިވާ ކަމަށާއި ގެސްޓްހައުސް ތެރެއިން 67 ބަނގުރާ ފުޅި އާއި 74 ބިޔަރު ދަޅު ފެނިފައިވާ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.