ހަބަރު

ރެޑްވޭވުން ވައްކަން ކުރި ދެ އަންހެނުން ދޫކޮށްލައިފި

މަޖީދީމަގުން، ގަލޮޅުގައި ހުންނަ ރެޑްވޭވްގެ ފިހާރައަކުން ވައްކަން ކުރި ދެ އަންހެނުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ރެޑްވޭވް ފިހާރައިން ކޮސްމެޓިކްސް ތަކެއް ވަގަށް ނެގި ދެ އަންހެނަކު ފުލުހުން ހައްޔަރު ކޮށްފައިވަނީ މިދިއަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

ފުލުހުން ބުނީ އެ ދެމީހުން ދޫކޮށްލީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ކޯޓުން އެ ދެމީހުން ދޫކޮށްލަން އަމުރު ކުރުމުން ކަމަށެވެ.

ރެޑްވޭވް ފިހާރައިން ވައްކަން ކޮށްފައިވަނީ މޫނު ބުރުގާ އަޅައިގެންތިބި ދެ އަންހެނުންނެވެ. އެ ފިހާރައިން ވަގަށް ނަގާފައިވާ ކޮސްމެޓިކްސް އައިޓަމްސް ތައް ވަނީ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.