ހަބަރު

ގިނަ އަދަދެއްގެ ތޫނު ހަތިޔާރާއެކު ދެ މީހުން ހައްޔަރުކޮށްފި

ސ. މަރަދޫއިން ގިނަ އަދަދެއްގެ ތޫނު ހަތިޔާރާއެކު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސ. މަރަދޫ އިން 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށެވެ. މި ދެ މީހުން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 11:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރި އިރު ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވާ ކަމަށެވެ.

އެ ގެއިން ފެނުނު ހަތިޔާރުގެ ތެރޭގައި ކަނޑިއަކާއި، އިން ވަޅި، ތިލަ އާއި އިންޖެކްޝަނާއި ޕޮކެޓް ވަޅި އާއި މާސްކް ތަކެއް ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަ ޕެކެޓުވެސް އެ ގެއިން ފެނުނު ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.