ހަބަރު

އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ. އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފައިވާ އިރު އޭނާ މިވަގުތު ހުންނެވީ އިންޑިޔާގަ އެވެ.

ސުޕްރީމް ކޯޓުން އެ އަމުރު ނެރުނީ ހިޔާނާތުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލްކޮށް އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓްގައި އިލްތިމާސް ކުރުމުންނެވެ.

އެކަމާ ގުޅިގެން އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައި އެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން އިމިގްރޭޝަންގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ.

އެ މައްސަލާގައި އަށް އަހަރަށް އަދީބު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޅ. މާބިންހުރާއިން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ މައްސަލައިގައި 2016 ވަނަ އަހަރު އެވެ.