ބޭރު ކުޅިވަރު

ގެބޯން އަށް ޒިޔާރަތްކުރުމުން މެސީ އަށް 2.4 މިލިއަން ޕައުންޑް

Jul 22, 2015

އެފްރިކާގެ މެދުފަންތީގެ ގައުމެއް ކަމަށްވާ ގެބޯން އަށް ޒިޔާރަތްކުރުމުން ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ އަށް 2.4 މިލިއަން ޕައުންޑް ހަދިޔާއެއްގެ ގޮތުން ދީފައިވާ ކަމަށް ފްރާންސްގެ ނޫހަކުން ބުނެފި އެވެ.

ކުރިން ފްރާންސްގެ އަޅުވެތިކަމުގައި އޮތް ގެބޯން އަށް މެސީ ދިޔައީ އެ ގައުމުގެ ރައީސް އަލީ ބޮންގޯގެ ދައުވަތަކަށް 2017 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަން ކުޅެން ތައްޔާރުކުރާ ސްޓޭޑިއަމެއްގެ ބިންގާ އެޅުމަށެވެ.

ބޮންގޯ އަކީ އެފްރިކާގެ ކޮރަޕްޓް ލީޑަރެއް ކަމަށް ވެސް ފްރާންސްގެ ނޫހުން ބުނެ އެވެ. އަދި މެސީފަދަ ދުނިޔޭގެ ލޯބި ލިބިފައިވާ ކުޅުންތެރިއަކު ކޮރަޕްޓް ލީޑަރެއްގެ އިނދިރިފަރާތް އަލިކޮށްދެނީ ކަމަށް ވެސް އެނޫހުން ސިފަކޮށްފައިވެ އެވެ.

ނަމަވެސް މެސީ އަށް ފައިސާދިން ކަމަށް ބޮންގޯ ދެކޮޅު ހައްދަވަ އެވެ. އޭނާ ވިދާޅުވީ މެސީ އެ ގައުމަށް އައީ އެމަނިކުފާނު ބާސެލޯނާ އަށް ކުރެއްވި ދަތުރެއްގައި އެ ގައުމަށް ވަޑައިގަންންވާނެ ކަމަށް ބުނެފައިވުމުން އެ ވައިދު ފުއްދައިދިނުމަށް ކަމަށެވެ.