ހަބަރު

ކަރެކްޝަނަށް އެހީވާން ފުލުހުންގެ ޓީމެއް މާފުށީ ޖަލަށް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެދުމުގެ މަތިން ފުލުހުންގެ ޓީމެއް މާފުށީ ޖަލުގައި އެބަތިބި ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ ޔުނިޓުން ބުނީ ކަރެކްޝަންސް އިން ޖަލުގައި ކުރިޔަށް ގެންދާ އޮޕަރޭޝަނެއްގައި އެހީތެރިވުމަށް އެ ފަރާތުން އެދިފައިވާ ކަމަށާއި އެގޮތުން ފުލުހުންގެ ބެކަޕް ޓީމެއް މާފުއްޓަށް ގޮސް އެ ތަނުގައި ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.

ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. އެކަމާބެހޭ މައުލޫމާތު ހޯދަން ކަރެކްޝަންސްއަށް ގުޅުމުން ވެސް ޖަވާބެއް ނުދެ އެވެ.

ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވާ ގޮތުން މާފުށީ ޖަލުގެ ޔުނިޓު ހައެއްގައި މިރޭ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރިޔަށް ދާތީ އީއެސްޖީ އަދި އެސްއޯ ފުލުހުން ރަޔަޓު ގިޔަރުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.