ހަބަރު

ފުލުހުންނަށް ހުރަސް އެޅުމުން ޕެޕާ ސުޕްރޭ ޖަހައި ހައްޔަރުކޮށްފި

Jun 26, 2019
4

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަލާ ދިން މައްސަލާގައި ޕެޕާ ސްޕްރޭ ޖަހައި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިރޭ 9:15 ހާއިރުއެސްއޯ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އިސްލާމިކް ޔުނިވާސިޓީ ކަންމަތީގައި ހަތަރު މީހުންގެ ގްރޫޕެއް ތިބުމުން އެ މީހުންނާ ވާހަކަ ދައްކައި އެ ތަނުން ދިޔުމަށް ނަސޭހަތް ދީފައިވާ ކަމަށާއި ނަމަވެސް އެ މީހުން އެ ސަރަހައްދުން ނުދިޔަ ކަމަށެވެ.

އަދި އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސް ކުރަން އުޅުމުގެ ތެރޭގައި އެކަކު ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހެއް ކޮއްޕާލަފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދެން ތިބި މީހުން ފުލުހުން ގަޔަށް އަރައިގެންފައިވާ ކަމަށެވެ.

އެތަން ކޮންޓްރޯލު ކުރަން ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާ ކަމަށާއި އަދި ވާޖިބަށް ހުރަސް އެޅި މީހާ ހައްޔަރުކޮށްފައިވާ ކަމާށް ފުލުހުން ބުންޏެވެ. އަދި އޭނާ ފުލުހުންގެ މަރުކަޒަށް ގެނެސް ބެލިއިރު އެއީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަން އެނގުމުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އޭގެ އިތުރުން އާންމު އުސޫލުން "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އިން ފުލުހުން ބާރުގެ ބޭނުން ކުރާ ހުރިހާ ހާލަތެއް ބަލައި ދިރާސާ ކުރަމުންދާ ކަމަށެވެ.