އާސަންދަ

އާސަންދައަށް ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް

Jun 26, 2019
1

އާސަންދަ ކުންފުނިން ދެމުންގެންދާ ހިދުމަތްތަކާއި ގުޅޭ ގޮތުން ޝަކުވާ އަދި މައުލޫމާތު ސާފު ކުރުމަށް ހާއްސަ ނަންބަރެއް ހަމަޖައްސައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އާސަންދައިން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި ގުޅިގެން ޝަކައުވާއެއް ނުވަތަ މައުލޫމާތެއް ހޯދަން ބޭނުންވާ ފަރާތްތަކުން "ޝިކާވެތި" ޖެހުމަށްފަހު 7951400 ނަމްބަރަށް އެސްއެމްސް ކުރުމަށް އެދޭ ކަމަށެވެ.

އާސަންދައިން އިތުރަށް ބުނީ، ވަޓްސްއެޕް، ވައިބާ، އަދި ޓެލެގްރާމް މެދުވެރިކޮށްވެސް އެނަންބަރަށް މެސެޖްކުރެވޭނެ ހުންނާނެ ކަމަށެވެ. އަދި ޝަކުވާގެ އިތުރުން އާސަންދައިގެ ހިދުމަތް ފޯރުކޮށް ދިނުމަށް ގާއިމްކޮށްފައިވާ އޮފީސްތަކާގުޅޭ ޝަކުވާތައްވެސް އެ ނަންބަރު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އާސަންދަ ކުންފުންޏަކީ 2011 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާގެ ކަންތައް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން އުފެއްދި މެޑިކަލް އިންޝުއަރެންސް ކުންފުންޏެކެވެ.