ވައްކަން

އޮފީހެއް ފަޅާލައި ދެ ތިޖޫރީ ގެންގޮސްފި

Jun 27, 2019
2

ލިންކްސާވްގެ އޮފީހަށް ވަގުން ވަދެ އެތާނގެ ދެ ތިޖޫރީ ފަޅާލައިފި އެވެ.

ފުލުހުން ބުނީ އަބަދަށްފެހި މަގުގައި ހުންނަ ލިންކްސާވްގެ އޮފީހަށް ވަގުން ވަދެ އެތާނގެ ދެ ތިޖޫރީއެއް ފަޅާލާފައިވާ ވާތީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަަމަށެވެ.

ވަގުން ލިންކް ސާވްގެ ދެ ތިޖޫރީ ފަޅައިލި އިރު އޭގެ ތެރެއިން އެއް ތިޖޫރިއެއްގައި ރައްކާކޮށްފައި ހުރީ 4000 ރުފިޔާ އެވެ. އަނެއް ތިޖޫރީ ހުރީ ހުހަށެވެ.

އެ ދެ ތިޖޫރީވެސް ވަގުން ވަނީ ގެންގޮސްފަ އެވެ.