ހޮލީވުޑް

ނިކީ މިނާޖް ރޭސިސްޓް ވަނީތަ؟ ނޫނީ އެވޯޑަކަށް ޑެސްޕަރޭޓްވަނީތަ؟

Jul 22, 2015

އެމްޓީވީ މިއުޒިކް އެވޯޑްސްގެ ނުވަ ނޮމިނޭޝަންއަކަށް ހޮވުނު މަޝްހޫރު ޓެއިލާ ސްވިފްޓް އާއި ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ހިތްހަމަނުޖެހިގެން އެބައުޅެއެވެ.

އެންމެ ފަހުން ނެެރުނު ސްވިފްޓްގެ "ބޭޑް ބްލަޑް" ބިލްބޯޑްގެ އެއްވަނައިގައި އެތަކެއް ދުވަހެއް ވަންދެން އޮތްކަމުގައިވީ ނަމަވެސް ނިކީ ބުނާގޮތުން އެލަވައަށް އެހާ ބޮޑު ތަރުހީބެއް ލިބިފައިވަނީ އެލަވައިގައި ޅޫލާފަތި މޮޑެލުން ގިނަވުމުންނެވެ.

ސީދާ ދިމާލަށް ނުބުނި ކަމުގައިވީ ނަމަވެސް ޓްވިޓާ މެދުވެރިކޮށް ނިކީ މިނާޖް ނަންތަށް އިއުލާން ކުރިފަހުން ހުއްޓުމެއް ނެތި އޭނާގެ ލަވަ "އެނެކޮންޑާ" އަށް ނޮމިނޭޝަންތަކެއް ލިބުން މާ އިންސާފު ބޮޑުކަމަށް ޓްވީޓް ކުރަމުން އެބަދެއެވެ. އެލަވަ ޔޫޓިއުބްގައި މަޝްހޫރުވެ، ބެލުންތެރިން އެލަވަ ކޮޕީކޮށްގެން ނަށާފައިވީ ކަމުގަައިވިޔަސް ބެލުންތެރިންނަށް މާ ހިތްގައިމު ލަވައަކަށް ވެފައިނުވާ ކަމަށް ނިކީ އެއްގޮތަކަށްވެސް ގަބޫލުކުރާކަށް ބޭނުމެއް ނުވެެއެވެ.

ނިކީގެ ޓްވީޓަކަށް ޖަވާބުދާރީވެ ޓެއިލާ ބުނެފައިވަނީ އޭނާ ނިކީއަށް ސަޕޯޓާއި ލޯބި ނޫން އެއްޗެއް ދީފައިނުވާކަމަށާއި އޭނާގެ ބަދަލުގައި ކޮންމެވެސް އެހެން ފިރިހެނަކަށް އެނޮމިނޭޝަން ލިބުނީ ކަމަށް ވެދާނެކަމުގައެވެ.

ތިމާ ތަފާތުވިނަމަ "އެނެކޮންޑާ" ވެސް އެންމެ ރީތި ނެށުމަކަށް ހޮވި، އަހަރުގެ ވީޑިއޯ އަށް ހޮވޭނެ ކަމަށް ބުނެ ކަޅު އަންހުންނަށް ޕޮޕް ލަވަތަކުން މާ ބޮޑު ކުރިއެރުމެއް ނުލިބެއޭ ބުނިކަމުގައިވިޔަސް ބިޔޯންސޭވަނީ އެދެ ކެޓަގަރީއަށްވެސް ހޮވިފައެވެ. 

ކޮންމެހެނެއް ވިޔަސް ނިކީ އޭނާއަށް އެވޯޑް ލިބުން ހައްގުކަމުގައި ގަބޫލުކޮށްގެން އޮގަސްޓްމަހުގައި އޮތް ޝޯގެ ސްޓޭޖަށް އަރަން އެބަބޭނުން ވެއެވެ.