ހަބަރު

ފުލުހަކަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

Jun 27, 2019
2

ވަންވޭއަކުން އިދިކޮޅަަށް ސައިކަލު ދުއްވި މީހަކު ހުއްޓުވުމުން ފުލުސް މީހާއަށް ހަމަލާދީފި މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނީ އަމީނީމަގުން ކޯރުކެނޑި މަގަށް ކުޑަކުއްޖަކު ގޮވައިގެން ވަންވޭގެ އިދިކޮޅަށް ސައިކަލު ދުއްވި މީހަކު ހުއްޓުވައި އޭނާއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް އެނާ ހުއްޓުވައި ނަސޭހަތް ދިނުމުން ހިތްހަމަ ނުޖެހި، ފުލުސް މީހާއާ ހުތުރު ބަހުން މުއާމަލާތްކޮށް މާރަމާރީ ހިންގާފައިވާ ކަމަށާއި މިހާރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުނ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދިވެހިން ވަންވޭގައި އިދިކޮޅަށް ދުއްވުމުގެ މައްސަލަތައް ވަރަށް ނުހިނގައެވެ. ނަމަވެސް ބިދޭސީން ބައިސްކަލްތަކުގައި އެހެން ދުއްވާ މައްސަލަތައް ދިމާވެއެވެ.