ވިޔަފާރި

ރާއްޖޭން އިންޑިއާގެ އެސްއެމްއީ ކޮންފަރެންސަށް

Jun 29, 2019

އިންޑިއާގައި އޮންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބާއްވާ، އިންޓަނޭޝަނަލް އެސްއެމްއީ ކޮންފަރެންސު 2019 ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

އިންޑިއާގެ ނިއު ދިއްލީގައި މިމަހުގެ 27 އިން 29 ގެ ނިޔަލަށް ކުރިއަށްދާ އިންޓަނޭޝަނަލް އެސްއެމްއީ ކޮންފަރެންސުގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސްކޮށް ބައިވެރިވެފައިވަނީ އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފަރާތުންނެވެ. މިއީ މި ކޮންފަރެންސުގައި ރާއްޖޭން ބައިވެރިވި ފުރަތަމަ ފަހަރެވެ.

އެސްޑީއެފްސީގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވަޑައިގަތީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު އެވެ. މީގެ އިތުރުން އަންހެން ވިޔަފާރިވެރިން ތަމްސީލް ކުރުމުގެ ގޮތުން ބައެއް ފަރާތް ތަކުން ބައިވެރިވެފައިވެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް އިސްކަން ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިގޮތުން ސަރުކާރުން ވަނީ އެސްޑީއެފްސީގެ ނަމުގައި ބޭންކެއް ވެސް އުފައްދާފަ އެވެ. އަދި އެތަނުން ލޯނު ދޫކުރަން ވަނީ ތައްޔާރުވެފަ އެވެ.