ވިޔަފާރި

ކުންފުނިތަކުގެ ޑިރެކްޓަރުންގެ ނަންތައް އާއްމުކޮށްފި

Jul 1, 2019
1

ދިވެހި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ނަންތައް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ސައިޓުގައި އާއްމުކޮށްފައިވާ "ބޯޑް އޮފް ޑިރެކްޓާސް އޮފް ސްޓޭޓް އޯން އެންޓަޕްރައިސަސް" ލިސްޓުގައި ޑިރެކްޓަރުން ބޯޑުގައި ހިމެނޭ ހުރިހާ ޑިރެކްޓަރުންގެ ނަންތައް އާއްމު ކުރި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުންފުނިތަކަށް އައްޔަން ކުރާ ޑިރެކްޓަރުންގެ ނަންތައް އާއްމުކުރަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރިޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ލިސްޓުގައި 30 ކުންފުންޏެއް ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕްރައިވެޓައިޒޭޝަން ބޯޑުން ދާދި ފަހުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތައް ވެސް އާއްމު ކުރަން ފަށާފަ އެވެ.