ހަބަރު

ޓޫރިޒަމްގެ ތަރައްގީގެ އާ އުސޫލަށް އަމަލުކުރަން ފަށައިފި

ފަތުރުވެރިކަން ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރަންދޭ މުއްދަތު އިތުރުކުރުމާއި ކުއްޔާއި ޖޫރިމަނާ ފައިސާ ފަސްކޮށްދިނުމާ ބެހޭ އުސޫލަށް އަމަލު ކުރަން ފަށައިފި އެވެ.

މި ގަވާއިދު ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މި މަހުގެ ދެ ވަނަ ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ގަވާއިދުގެ މަގުސަދަކީ ތަރައްގީކޮށް ނުނިމި ހުރި ތަންތަން ތަރައްގީ ކުރުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީ އެ ތަންތަނަށް ވީހާވެސް އަވަހަަކަށް ނިންމުމަށް ބާރުއެޅުމަށް ކަަމަށެވެ. މި ގަވާއިދުގެ އަނެއް ބޭނުމަކީ އިންވެސްޓަރުންނަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވާ ދުވަސްވަރެއްގައި ތަރައްގީގެ އިންވެސްޓްމެންޓްތައް މެނދުކެޑުމެެއްނެތި ކުރިއަށް ގެންދިއުމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ކޮންސްޓްރަކްޝަންގެ މުއްދަތު އިތުރުކުރުމުގެ އިޖްރާއަތުގައިވާ ގޮތުން ސީއެސްއާރް ހުށަހަޅަން ޖެހޭނީ މީރާ އަށެވެ. ސީއެސްއާރް ހިމެނުގެ ބޭނުމަަކީ ދެފުށް ފެންނަ ގޮތަށް ކަންކަން ހަރުދަނާކޮށް ކުރުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.