ހަބަރު

ކުޅުދުއްފުށީ ފިހާރައެއް ފަޅާލައި، ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

Jul 5, 2019

ހދ. ކުޅުދުއްފުށީގެ ފިހާރައެއް ފަޅާލައިގެން ވަދެ ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މިއަދު މެންދުރުފަހު ކުޅުދުއްފުށީގެ ފިހާރައެއް ފަޅާލައިގެންވަދެ ވައްކަކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަގަށް ނެގި 3940 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އެމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.