ޓެކްނޯލޮޖީ

ބޮޑެތި ހަރުފަ މީހުން މަރާލަނީ ނޭވާ ހާސް ކޮށްލައިގެނެއް ނޫން

Jul 24, 2015
1

އާ ދިރާސާއަކުން ހާމަވި ގޮތުގައި މީދާތަކެއްގައި މި ހަރުފަ ބައްދާލައިގެން އޮތުމުން އެ ހަރުފައަށް އިތުރުު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އަދި އެހެންކަމުން އިތުރު ހަނގުރާމައެއްކޮށް އިތުރު ހަކަތަތަކެއް ގެއްލިގެނެއް ނުދެއެވެ. މިހެން އެ މީދާތަކުގެ ހަށިގަނޑުގައި އޮޅާލައިގެން އޮތުމުން އިސާހިތަކު މީދާތަކުގެ ލޭ ދައުރު ކުރުމުގެ ނިޒާމު ހުއްޓުމަކަށް އާދެއެވެ. އަދި މިހެންވެ ހަރުފައާ ދެކޮޅަށް ހަރަކާތް ކުރުމުގެ ބާރު ކެނޑި، މީދާތައް އެ ހަރުފައިގެ ޝިކާރަކަށް ވެއެވެ.

"މިއީ ވަރަށް ވެސް ފުދުންތެރި ގޮތެއް. މި ގޮތަށް ފިއްތާލައިގެން މަރާލުމަކީ ޝިކާރު މަރާލުމަށް ވަރަށް ބޮޑަށް ފަސޭހަ ގޮތެއް. ކާމިޔާބު ގޮތެއް،" އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޔޮލޮޖީ ދާއިރާގެ އެސޯސިއޭޓް ޕްރޮފެސަރު ސްކޮޓް ބޯބެކް ވިދާޅުވިއެވެ.